All news from Laamu Atoll

އޮރެންޖު: ޞިއްޙަތަށް ފައިދާހުރި މޭވާއެއް!

އޮރެންޖަކީ ސިޓްރަސް ލިމޮނޮއިޑް ކިޔާ ބާވަތެއް ވަރަށް ގިނައިން ހުންނަ މޭވާއެކެވެ. ކިޑްނީގެ ބަލިތަކުން މިހާ ދުރުކޮށްދޭ އޮރެންޖަކީ ކޮންމެ ދުވަހަކު އެކަތި ކައިފިނަމަ މީހާގެ ހަށިގަނޑުގައި ވަރުޖެހޭ މޭވައެކެވެ.

އޮރެންޖުގެ އެތަށް ބައިވަރު ބާވަތްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެއް ބާވަތެއްކަމުގައިވާ މެންޑަރިން އަކީ ފުރަމޭގެ ކެންސަރު ޖެހުމުން މީހާ ދުރުކުރުވާ މޭވައެކެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

އޮރެންޖަކީ ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށް، ހުންނަންޖެހޭ ވަރަށް ހިފަހައްޓައިދޭ އެއްޗެސްވެސްމެއެވެ. ޕޮޓޭޝިއަމް އިން ފުރިފައިވާ މި މޭވާއަކީ ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދޭ މޭވާއެކެވެ. އޮރެންޖުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވުމާއެކު ކޮންމެ ދުވަހަކު އޮރެންޖެއް ކާމީހާ އެތަށް ހާސް ބަލިތަކަކުން ސަލާމަތްވެއެވެ.

އޮރެންޖަކީ ލޭގެ ޕްރެޝަރް ރަނގަޅު ހަމައިގޭ ހިފަހައްޓައިދޭ އަދި ލޮލުގެ ފެނުމަށް ފައިދާކުރަނިވި މޭވާއެކެވެ. ކަންކަން މިހެން ހުރުމާއެކު ކޮންމެ ދުވަހަކު އޮރެންޖެއް ކާމީހާގެ ޞިއްހަތު ވަރަށްވެސް ރަނގަޅުވާނެއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ