All news from Laamu Atoll

ބަރާސިލް ޒުވާނުން – އެކުވެރިކަމުގައި ނަމޫނާއެއް!

ބަރާސިލް ޒުވާނުންގެ ސައިކަލު ބުރު -- ފޮޓޯ: ޒައީމު

ރަމަޟާން މަހުގެ ހަވީރު ގަޑީގައި ގުރޫޕު ހަދާލާފައި ސައިކަލު ބުރު ޖަހާލުން ދިޔުން ނުވަތަ ގުރޫޕު ހަދާލާގައި ރޯދަ ވީއްލުމަކީ އާންމުަމެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރާނެ ކަމެއްކަން ޔަގީނެވެ. އެހެނަސް އަނެއްކާވެސް މިއޮތީ ތަފާތު ކަމެކެވެ. މިއީ ލ.ފޮނަދޫ ބަރާސިލް ޒުވާނުންގެ ވާހަކައެވެ.

ބަރާސިލު ޒުވާނުންނަކީ ޒަމާނުއްސުރެ އެކުވެރިކަމާއި، އެއްބައިވަންތަކަން އެބައެއްގެ ތެރޭގައި އޮންނަ ބައެކެވެ. ޢީދު ފާހަގަކުރުމުގައިވެސް މުޅި ރަށަށްވެސް ނަމޫނާ އަވަށެކެވެ. ހަމަ އެހެންމެ މީގެ 4 އަހަރު ކުރިން ފެށިގެން ކުރަމުން އަންނަ މި ކަމަކީވެސް ވަރަށް ތަފާތުކަމެކެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

އެއީ ހުރިހާ ޒުވާން ފިރިހެނުން އެއްތަނަކުން ރޯދަ ވީއްލުމެވެ. އަދި ރޯދަ ވީއްލުމުގެ ކުރީގައި އެންމެން އެކުގައި ސައިކަލު ބުރެއްވެސް ޖަހައެވެ.

ބަރާސިލް ޒުވާނުންގެ ސައިކަލު ބުރު — ފޮޓޯ: ޒައީމް

ބަރާސިލް ޒުވާނުންގެ ރޯދަ ވިއްލުން ބާއްވަނީ ޒުވާނުންގެ އަތުން ޗަންދާ ނަގައިގެނެވެ. އަދި ރޯދަ ވީއްލުމުގެ ކުރިން ހުރިހާ ޒުވާނުން އެއްކޮށް ސައިކަލު ބުރެއްވެސް ބާއްވައެވެ. މިގޮތަށް ބާއްވާ ސައިކަލު ބުރަކީ ހައްދުއްމަތީ ބޮޑުމަގުގައި ބާއްވާ ސައިކަލު ބުރެކެވެ.

ބަރާސިލް ޒުވާނުންގެ ރޯދަ ވީއްލުން — ފޮޓޯ: ފައިރޫޒު

މިއަހަރުގެ ސައިކަލު ބުރުގައިވެސް ޖުމުލަ 45 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައި ވެއެވެ. އަދި ރޯދަ ވީއްލުމުގައި 74 ޒުވާނުން ބައިވެރިވެފައި ވެއެވެ.

ފޮނަދޫ ބަރާސިލް ޒުވާނުންގެ އިތުރުންވެސް ބައެއް ޒުވާން ގުރޫޕުތަކުން މިފަދަ ސަިކަލު ބުރުތަކާއި، ގުރޫޕު ރޯދަ ވީއްލުން ބާއްވައެވެ. އެހެނަސް ބަރާސިލް ޒުވާނުންނަކީ ނަމޫނާއެކެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ