All news from Laamu Atoll

ޛިކުރު ބޯޑުތައް: ލާމު ލިންކު ރޯޑަށް އިތުރު ހިތްގައިމުކަމެއް

ފޮޓޯ: އީމާންތެރި ހިތަކުން

ލ.ފޮނަދޫގައި 2016 ވަނަ އަހަރު އުފެދުނު ޢިލްމް ޖަމިއްޔާއަށް 2 އަހަރު ފުރުނުއިރު، މި ޖަމިއްޔާގެ ފަރާތުން ދަނީ އެތަކެއް ތަފާތު ދީނީ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެގޮތުން އެ ރަށުގެ ރަށު ކައުންސިލާއި ގުޅިގެން ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ޝެއިޚެއްގެ ދަރުސް ހަރަކާތެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

މި މަހަށް ޢިލްމް ޖަމިއްޔާއަށް 2 އަހަރު ފުރުނުއިރު، މިއަދު ލާމު ފޮނަދޫގެ ލިންކްރޯޑުން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ލިންކްރޯޑުން ދުއްވާލާފަދާ މިހާއަށް ނުވަތަ ހިނގާފަދާ މީހާއަށް އެކި ހިސާބު ހިސާބުން ޒިކުރު ބޯޑުތައް ފެނިގެން ދެއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS
ލިންކް ރޯޑުގައި ހަރުކޮށްފައިހުރި ޛިކުރު ބޯޑެއް — ފޮޓޯ: އީމާންތެރި ހިތަކުން

މިކަމާއި ގުޅޭގޮތުން މި ޖަމިއްޔާއިން ބުނީ މިކަމަކީ މީގެ އަހަރެއް ކުރިން ދެކެވުނު ވާހަކައެއް ކަމަށެވެ. “މިކަމުގެ ޚިޔާލު އައީ އަލް އަޞްރުގެ ބޭފުޅަކު މިކޮޅަށް އައިސް އަޅުގަނޑުމެންނާ ދެކެވުނު ވާހަކަ ތަކަކުން” މިކަމުގެ ޚިޔާލު އައިގޮތް ކިޔައިދިނެވެ.

މިހާރު ލާމު ފޮނަދޫގެ ލިންކް ރޯޑުން ފެންނަން ހުރި ބޯޑުތަކުގައި ކުރުކުރު ލިޔުންތަކެއް ހިމަނާފައިވުމުގެ ބޭނުމަކީ ބާރަށް ދުއްވާފަ ދާ މީހާއަށްވެސް އެ ފެނުމުން އެހާ ކުރު އެއްޗެއް ވީމަ ކިޔާލެވޭނެތީކަމަށްވެސް މިޖަމިއްޔާއިން ބުންޏެވެ.

ލ.ފޮނަދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މިހަރަކާތުގައި ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމުގައި ޢިލްމް ޖަމިއްޔާއިން ވިދާޅުވެއެވެ. ކައުންސިލްގެ އިތުރުން ޖަމިއްޔާގެ މަސައްކަތުގައި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބޭކަމުގައި ޢިލްމް ޖަމިއްޔާއިން ހާމަ ކުރެއެވެ.

ޢިލްމް ޖަމިއްޔާގެ ފަރާތުން ކުރިއަށް އޮތް ތަނުގައިވެސް ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބައެއްކަންކަން ރޭވިފައިވާ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ. އެގޮތުން الله أكـبر، أستغفر الله ފަދަ ލަފުޒުތައް ކިޔުމުގެ މާތްކަން، ރަށުގެ އެކި ހިސާބުތަކުގައި ޖެހުން ހިމެނެއެވެ. މީގެ އިތުރުން ފޭސްބުކް ޕޯސްޓްތަކެއް ހެދުމަށްވެސް ވަނީ ރޭވިފައެވެ. އިރާދަކުރެއްވިއްޔާ ބަރަކާތްތެރި ރަމަޟާން މަހަށް މިކަން ނިންމޭނެކަމުގައި މި ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

ފޮނަދޫގެ ރަށުތެރޭގެ އެކި ހިސާބުތަކުގައި ދެތިން ޕޯސްޓަރެއް މިހާރު ހަރުކުރެވިފައިވާއިރު، އަވަސް މުސްތަޤުބަލެއްގައި އިތުރު ހަ ވަރަކަށް ޕޯސްޓަކު ހަރުކުރެވިގެން ދާނެކަމުގައި އެޖަމިއްޔާއިން މައުލޫމާތުދެއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ