All news from Laamu Atoll

ލިޔާނީތަ ނޫނީ ކިޔާނީތަ؟ ކޮންމެއަކަސް ވާހަކަ.ކޮމް ވަރެއްނެތް

ތިޔައީ ވާހަކަ ކިޔާހިތްވާ މީހެއް ހެއްޔެވެ؟ ނޫނީ ބޭނުންވަނީ ތިބާގެ އަމިއްލަ ވާހަކައެއް ލިޔަންހެއްޔެވެ. އާނއެކެވެ. ލިޔާ މީހުން ލިޔާށެވެ. ކިޔާމީހުން ކިޔާށެވެ. ވާހަކަ.ކޮމް ވަރެއް ހަމަނެތެވެ. ވާހަކަ ލިޔަން ބޭނުން ކޮންމެ މީހަކުވެސް ހަމަ ވާހަކަ ލިޔަމުން ދާންވީއެވެ. ކިޔަން ބޭނުން މީހާ ކިޔަމުން ދާންވީއެވެ. ވާހަކަ.ކޮމް އަކީ އެތައް ރަހައެއްގެ ވާހަކަ ހިމެނޭ މައިޒާނެކެވެ.

ބޭނުން ކޮންމެ މީހަކަށްވެސް ރެޖިސްޓްރީވެ ވާހަކަ ލިޔަމުން ގެންދެވިދާނެއެވެ. އެކަން ހުއްޓުވާނެ ހަމަ އެކަކުވެސް ނެތެވެ. އެހެންނަމަވެސް ވާހަކަތައް ޝާއިއު ކުރާނީ ވަކި ޚާއްޞަ ބޯޑަކުން ފާސްވުމުންނެވެ. ދުވަހެއް ދުވަހަކަށް “ހިޓްސް” މައްޗަށް އަރަމުންދާ ވާހަކަ.ކޮމް އަކީ އަމިއްލަ ވެބްސައިޓެއް ނެތެއްކަމަކު ތިމާ ލިޔާ ވާހަކަތައް އެއްވެސް ފީ އަކާއި ނުލާ ޝާއިއު ކުރެވޭނެގޮތައް ފަރުމާ ކޮށްފައިވާ ޕްލެޓްފޯމެކެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ވާހަކަ.ކޮމްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވާހަކައާއި އަދަބީ ދުނިޔެއަށް ޝައުގުވެރިވާ ފަތާތްތަކަށް އެފަރާތްތަކުގެ އިހުސާސްތައް ވާހަކަތަކުގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށްވުމެވެ. އަދި ހަމަ އެފަދަ ފަރާތްތަކުގެ ވާހަކަތައް ކިޔަން ބޭނުންވާ ފަރާތްތަކާއި ހަމައަށް ވާސިލުކޮށްދިނުމުގެ ފާލަމަކަށްވެ ހުސްވަގުތު މުނިފުހިފިލުވުމާއި ދިވެހި އަދަބީ ޖައްވު ގުޅުވައިދޭ ނާރަށް ވެގެން ދިޔުމެވެ.

ވާހަކަ.ކޮމް އަކީ ބޭނުން މީހަކަށް ލިޔެވޭ އެންމެ ފުރަތަމަ ވެބްސައިޓަށް ނުވެދާނެއެވެ. އެހެންނަމަވެސް އެ ވެބްސައިޓުތަކާއި ވާހަކަ.ކޮމް އާއި ތަފާތެވެ. ވާހަކަ.ކޮމް އަށް ލިޔާ ހުރިހާ ވާހަކައަކަށްވެސް ގްރެފިކްސް ޓީމުން ފިސާރި ރީތި ކަވާއެއް ހަދާދެއެވެ. ކަވާއަށް ބޭނުން ފޮޓޯއެއްވެސް ލެވިދާނެއެވެ. ތިމާ ބޭނުންވާ ވަކި ޚާއްޞަ ފޮޓޯއެއް ލާން ބޭނުންނަމަ އެ ފޮޓޯއެއްވެސް ހުށަހެޅޭނެއެވެ.

ވާހަކަ.ކޮމްގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ވާހަކަތަކަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ފަރާތްތައް އެއްތަނަކުން ގުޅާލެވިގެންދެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުއްޓަސް ލިޔަން ނުވަތަ ކިޔަން ބޭނުންވާ ފަތާތްތަކަށް އެފުރުސަތު އެބަ އޮތެވެ. ވާހަކަ.ކޮމް ވެބްސައިޓް މެދުވެރިކޮށް ކިޔުންތެރިންނަށް އެންމެ ކަމުދާ ވާޙަކަތަކުގެ ލިޔުންތެރިންނާއި ކިޔުންތެރިންނާއި ސީދާ ގުޅުވާލަދޭނެއެވެ. މި ގުޅުމުގެ ތެރެއިން ކިޔުންތެރިންނަށް އެކިޔުންތެރިން ކިޔަމުންދާ ވާޙަކަތަކުގެ ލިޔުންތެރިންނާއި ސީދާ ވާހަކަދައްކާލާ، ޙިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. ވާހަކަ.ކޮމްގެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެކެވެ. އެ ސައިޓުން ވާހަކަ ލިޔުމުގެ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ. އަދި ކައިރު މުސްތަގުބަލެއްގައި ސައިޓްގެ މޯބައިލް އެޕްލިކޭޝަނެއްވެސް ލޯންޗްކުރާގޮތަށް އޮތީ ރޭވިފައެވެ. އޭގެ ސަބަބުން ވާހަކަ ކިޔުމާއި ލިޔުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީނެވެ.

ދެހާސް އެގާރަ ވަނަ އަހަރު ދިވެހި ވާހަކަ ކިޔުންތެރިންނަށް ހާއްސަކޮށް އުފެއްދި “ވާހަކަޑޮޓްކޮމް” ވެބްސައިޓަކީ މިހާރުވެސް އޭގެ ވާހަކަ ދިވެހިން ދައްކާ ވެބްސައިޓެކެވެ. ދިމާވި ޓެކްނިކަލް މައްސަލައަކާއި ހުރެ އޭރު މި ސައިޓު ޑައުން ކޮށްލަން ޖެހުނަށް މިފަހަރުގެ މިއައު ފެށުމާއިއެކު ވާހަކަ.ކޮމް އެންމެ ފުރަތަމަވެސް އަރާ ހިފީ ބޮންތީގައެވެ. ވާހަކަ.ކޮމްގެ ކިޔުންތެރިންނާއި ލިޔުންތެރިންނަށް އަދިވެސް އެތަށް ބަދަލުތަކެއް ފެންނާނެކަން ޔަގީނެވެ. ވުމާއެކު އިހުސާސްތަށް ވާހަކަތަކަށް ބަދަލުކޮށްލާ ލިޔަން ފަށަމާ ހިނގާށެވެ.

ވާހަކަ.ކޮމް ގައި ރެޖިސްޓަރ ވުމަށް

ވާހަކަ.ކޮމް

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ