All news from Laamu Atoll

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް

ތިއީ ވަރަށް ބިޒީ މީހެއް ހެއްޔެވެ؟ ނުވަތަ ވަރަށް ކަންނެތް މީހެއް ހެއްޔެވެ؟ ނޫނީ ރައްޓެހިންނަށް އަބަދު ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދުވަން ޖެހޭ ހެއްޔެވެ؟ ފިހާރަ ބަންދުކުރަން 5 މިނެޓަށް ވީމަ ދުންޖަހާފަ ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދިޔަ ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟ ބަންދު ކޮށް ކޮށް ހުއްޓަ ވަދެވުނު ފިހާރައިގައި ރީލޯޑް ނުވަތަ ރާސްޓަސް ހުސްވެފައި ހުރެގެން އަލުން ފިހާރަ ހުޅުވާނެ އިރަކަށް ފާރައަށް ހުރި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟

ހާސް ނުވާށެވެ! ފޯނަށް ލާރި އަޅަން ފިހާރައަށް ދުވަން ޖެހުނު ދުވަސް ފާއިތުވެ ހިނގައްޖެއެވެ. މިހާރު ކޮންމެ ތާކު ހުރެގެންވެސް ކޮންމެ ގަޑިއަކުވެސް ރީލޯޑް އަދި ރާސްޓަސް ކުރެވޭނެއެވެ. ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ ފަތިހެއް، ދަންވަރެއް ނުވަތަ މެންދުރަކަސް މައްސަލައެއް ނެތެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

އެންމެ ސަޅި ތަންކޮޅަކީ ތިބާގެ ފޯނު ރިޗާޖް ކުރުމުގެ އިތުރުން ޢާއިލާ އަދި ގާތް ރައްޓެހިންގެ ފޯނަށްވެސް ވަގުތުން ލާރި ފޮނުވާލެވޭނެ ކަމެވެ. ހަބޭހެއް ނޫން ހެއްޔެވެ؟

މި ދައްކަނީ މަޝްހޫރު ވާހަކަ ވެބްސައިޓް “އެސްފިޔަ.ކޮމް” ގެ މޭސްތެރިޔާ ޢަލީ ޢާރިފް އާއި ދިވެހި.އެމްވީ އަދި ދިވެހި މެޕްސްގެ ޑިވެލޮޕަރ ގުޅިގެން އުފައްދާފައިވާ ކުންފުނި “ފަހިޕޭ ޕވޓ ލޓޑ”ގެ ވާހަކަ އެވެ.  “ފަހިޕޭ” ގެ ނަމުގައި އޮންލައިންކޮށް ރާސްޓަސް އަދި ރިލޯޑް ކުރެވޭ ވެބްސައިޓަކާއި އެޕްލިކޭޝަންއެއް ލޯންޗްކޮށް، ގިނަ ބައެއްގެ އަގު ހުރި ވަގުތުތައް ސަލާމަތް ކޮށްދިން ވާހަކައެވެ. “އެންޑްރޮއިޑް އެޕްލިކޭޝްން” ކާމިޔާބު ކަމާއެކު އާންމުނަށް ގެނެސްދިފައިވާއިރު “އައިފޯން އެޕްލިކޭޝަން”ވެސް މިހާރު ވަނީ ރިލީޒް ކޮށްފައެވެ.

މި ދެ ޒުވާނުންގެ ވިސްނުން ހުރީ މިހިސާބުން ނިންމާލާ ގޮތަކަށް ނޫނެވެ. ” މިއީ ބޮޑު ޕްރޮޖެކްޓެއްގެ ކުޑަކުޑަ ތަންކޮޅެއް”  “މިއީ ބޮޑު ޕްރޮޖެކްޓެއްގެ ފެށުމެއް.”

މިޚިދުމަތް ދޭ އެހެން ފަރާތްތަކާއި ޚިލާފަށް، ފަހިޕޭ މެދުވެރިކޮށް ކުރާ 50ރ އިން ފެށިގެން މަތީގެ ރީލޯޑް/ރާސްޓަސްތަކަށް ބޯނަސް ޕޮއިންޓް ލިބޭ ސްކީމެއްވެސް ފަހިޕޭއިން ވަނީ ތައާރަފް ކޮށްފައެވެ. މި ސްކީމުގައި ބައިވެރިވެގެން ލިބޭ ޕޮއިންޓްތައް ރެޑީމްކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތުވެސް ފަހިޕޭއިން ވަނީ ފަހިކޮށްދީފައެވެ. ފަހިޕޭއިން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި، ޕެކޭޖް ރީޗާޖް، ބިލްޕޭ އަދި އެމްފައިސާ ކޭޝްއިންގެ ޚިދުމަތް ހިމެނެއެވެ. އަވަހަށް ރެޖިސްޓަރ ކޮށްލައްވާށެވެ.

 

އެންޑްރޮއިޑް:

Get it on Google Play

އައިފޯން:

Get it on App Store

ވެބްސައިޓް:

ފަހިޕޭ.އެމްވީ

 

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ