All news from Laamu Atoll

މާރާމާރީ ގިނަވަނީ. ޒިންމާ ނަގާނީ ކާކު؟

ނިދަންވެގެން ފޯނު ހުޅުވާ ބަލާލާއިރު ފެންނަނީ އެވެނި ތާކު މިވެނި މީހެއްގެ ގަޔަށް ވަޅިހަރައިގެން އުޅޭ މަންޒަރެވެ. ހެނދުނު ހޭލައިގެން ފޯނުނަގައި ބަލާލާއިރު ފެންނަނީ ވަޅިޖެހި މީހާ ނިޔާވި ވާހަކައެވެ. މިއީ އަދުގެ ޙާލަތެވެ. ޚުދު ދިވެހިރާއްޖޭގެ ޙާލަތެވެ. ހަމައެކަނި ރޭގަނޑު ދަން ގަޑީގައެއް ނޫނެވެ. ރޯމާދުވާލު ގަޑީގަވެސް މިކަން މިބީދައިން ކުރިޔަށް އެބަދެއެވެ.

ޤަތުލު މިވަނީ އާންމުވެފައެވެ. ކުރިން ސިއްރުގައި، އެހެނަސް މިއަދު ފައުޅުގައެވެ. ކުށެއް ނެތް އެތަށްބައެކެވެ. ދަންނަވަންތޯއެވެ. އެވެސް މީހެއްގެ ދަރިއެކެވެ. މީހެއްގެ ފިރިއެކެވެ. ފަހަރުގައި އެތަށް ބައެއް ބަލަހައްޓާ ބާޢުބާނަކަށްވެސް ވެދާނެއެވެ. އިންސާނިއްޔަތު ކަމުގެ ކަންފުކެއްވެސް ނެތީ ހެއްޔެވެ؟ މިއަދު ޤަތުލުކޮށްލާ މިހާއަކީ މާދަމާ މިޤައުމަށް ކިހާ ޙިދުމަތެއް ކޮށްދޭނެ މީހެއްތޯ ވިސްނާވެސް ނުލައެވެ. މާދަމާ އަހަރެން ކަމެއް ނޫނީ ތިބާކަމެއްވެސް ނޭނގެއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

މިއަދު ގެއިން ނިކުމެގެން ކައިރި ފިހާރައަކަށް ގޮސްފައި ގެއަށް އާދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެބަ އޮތްހެއްޔެވެ؟ ޤައުމު މިވަނީ މިފަދަ ވަބާއެއްގައިޖެހި އަމާންކަން ގެއްލިފައެވެ. އިސްރަށްވެހިން ދުތް އަމާން، ދޮންވެލީގެ މިޤައުމު މިއަދު މިވަނީ ލޭގެ ކޯރަކަށް ބަދަލުވާން ފަށާފައެވެ. އިތުރަށް ކިޔެވުމަށް ރަށުން މާލެ ފައިބާ ތިބި ޒުވާންކުދިންގެ މައިންބަފައިން މިއަދު ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. މިކަމުގެ ޒިންމާ ނަގާނީ ކޮންބައެއް ހެއްޔެވެ؟ ކޮންމެ ރެއަކުހެން “ކަތިލަމުން” އެދާ މިހުންގެ އާއިލާއިން ހެއްޔެވެ؟ މިހެން “ކޮށާ ކުދިކޮށްލެވޭ” މީހުންގެ ޤާތިލުން ކޮބައިހެއްޔެވެ؟

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ