All news from Laamu Atoll

އިޖްތިމާޢީ ޚިދުމަތްތެރިޔާ ޒަޢީމާ، ރައްޔިތުންގެ ޝަކުވާތަށް ހިފައިގެން މަޖިލީހަށް

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ ތިން ބާރުގެ ތެރެއިން އެންމެ މުހިންމު އެއްބާރަކީ، ޤާނޫން ހަދާ މަޖިލީހަށް ލިބިދޭ ބާރެއެވެ. ޤައުމު އިސްލާޙްކޮށް ހަމަ މަގަށް އަޅުވަން އުފައްދަން ޖެހޭ ޤާނޫންތަކާއި އިސްލާޙް ކުރަން ޖެހޭ ޤާނޫންތައް ހަދާ ސަރުކާރު ޒިންމާދާރު ކުރުވުމުގެ އެންމެ އިސް މޭސްތިރިންނަކީ ރައްޔިތުން މަޖިލީހަށް ރައްޔަތުން އިންތިޚާބު ކުރާ މެންބަރުންކަން ޔަޤީނެވެ.  އެހެންކަމުން އެމެންބަރުން  ވާންވާނީ ރައްޔަތުންނާ ގުޅޭ ރަައްޔަތުންގެ ވިންދު ދަންނަ  އަދި ރައްޔަތުންގެ އަޑު އަހާ، ރައްޔިތުންގެ އަޑު އުފުލަދޭނެ ގާބިލު މީހަކަށެވެ.

ކުރިޔަށް މިއޮތީ ރައްޔިތުންގެ ވާޖިބު އަދާ ކުރަން ޖެހޭ ދުވަހެވެ. ރައްޔިތުންގެ މަޖިލީހަށް އެކަމަށް ޤާބިލު، ދާއިރާގެ ރައްޔިތުންގެ ވިންދާ، އިޙްސާޞްތަކާއި ގުޅޭގޮތަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް އިންތިޙާބު ކުރުމުގެ ވާޖިބެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ފޮނަދޫ ދާއިރާގެ ރައްޔިތުންވެސް އެދެނީ  އެރައްޔިތުންނާއެކު، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރާނެ މެންބަރެއް މަޖިލީހަށް ކުރިމަތިލުމެވެ. ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ނަތީޖާއަށް ބަލާ ހަމަގައިމުވެސް ފޮނަދޫ ދާއިރާގައި ހިމެނޭ، ލ.ފޮނަދޫ އަދި ލ.މާމެންދޫގެ ގިނަ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައެވެ. ހިތްތިރިކަމާއި ހިތްހެޔޮކަމާއި އެކު ވާހަކަދައްކާ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރާނެ މެންބަރެއްގެ އިންތިޒާރުގައެވެ. މިފަހަރު ރައްޔިތުންގެ ބަސް ސަރުކާރާ ހަމައަށް ފޯރުކޮށްދެން  މާޒީގައި ނަތީޖާ ނެރެދެއްވާފައިވާ ހީވާގި ލީޑަރަކަށް ފުރުސަތު ދެއްވަމަވާ ހިންގަވާށެވެ. އެންމެންގެ ވޯޓްވެސް ޒަޢީމާއަށް ދެމާ ހިނގާށެވެ.

ޒަޢީމާއަކީ އެންމެނާވެސް ގުޅޭ މީހެއް

ތަޢާރަފް

މީލާދީ ސަނަތުން 1980 ވަނަ އަހަރު މާރިޗް މަހު 18 ވަނަ ދުވަހު ފޮނަދޫއަށް އުފަން ފާތިމަތު ޒަޢީމާއަކީ، ފޮނަދޫ ދާއިރާއަށް މިއަންނަ އޭޕްރީލް  މަހު އޮންނަ މަޖިލީސް އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ 6  ބޭފުޅުންނާ ވާދަ ކުރައްވަން ނިކުންނަވާ ކަނބަލެކެވެ. ފިރިހެނަކަށް ދޫ ނުކުރާނެ ކަމަށް ރަށުތެރޭގައި އަޑު ގަދަވެފައިވާ ޒަޢީމާ މިފަހަރުވެސް މަޖިލިސް އިންތިޚާބަށް އެނިކުތީ ހަމަ އެޢަޒުމުގައެވެ. އަންހެނަކަށް ވީތީ ނުވާނެއޭ ބުނާ މީހުންގެ އަގަ މަތީ ޓޭޕް އަޅުވާށެވެ.  ދެ ކުދިންގެ މަސްޢޫލިއްޔަތު އަދާ ކުރަމުން ޒަޢީމާ މިފަަހަރު ކުރިމަތި މިލީ، ފޮނަދޫ ދާއިރާގެ ތާރީޚް ބަދަލުކޮށްލާށެވެ. ކޮރަޕްޝަނާއި ނާޖާއިޒު ފަސާދައިން ފޯވެފައި އޮތް ދާއިރާ، ދޮވެ ސާފުކޮށްލުމުގެ އަޒުމުގައެވެ. އިޖްތިމާޢީ ޚިދުމަތްތެރިޔާގެ ނަމުން ގިނަ ބަޔަކު ދަންނަ ޒަޢީމާ މިފަހަރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލާފައި މިވަނީ، ގިނަ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ރައްޔިތުންނަށް ދެން ޚިދުމަތް ދެވޭނެ، ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެނެސްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަން ޤަބޫލު ކުރެވިގެންނެވެ. އިޖްތިމާޢީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާއިންވެސް ޒަޢީމާއަށް ދިވެހި ޤައުމަށް ކޮށްދެވޭނެ ޚިދުމަތްތަކެއް ހުރި ކަމަށް ޤަބޫލު ކުރެވިގެންނެވެ.

ތަޢުލީމީ ހަޔާތް

ފަހަރެއްގައި ފޮނަދޫ ދާއިރާގެ ގިނަ ރައްޔިތުންނަށް ޒަޢީމާގެ ތަޢުލީމީ ގޮތުން ކިހާ ޤާބިލު މީހެއްކަން ނޭނގިދާނެވެ. ކުރުކޮށް ބުނާނަމަ ޒަޢީމާއަކީ މިހާރު ރާއްޖެއިން ކިޔެވޭ އެންމެ މައްޗަށް ކިޔަވައިގެން ހުރި، ތަޢުލީމީ ކަނބަލެކެވެ. ލާމު ފޮނަދޫގައި ހުންނަ ލާމު އަތޮޅު ތަޢުލީމީ މަރުކަޒުން ދަސްވެނިވި ޒަޢީމާ މިއަދު އެހުންނެވީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވައިގެންނެވެ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމީ ޙަޔާތުގެ ދުވަސްތައް ވޭތު ކުރުމަށްފަހު ޒަޢީމާ ދެން ދިޔައީ ތަޢުލީމީ ޙަޔާތް ފުރިހަމަ ކުރުމަށް ފުރަ މާލެއަށެވެ. މާލެ ގޮސް އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް އިން ތަޢުލީމް ހާސިލް ކުރެއްވިއެވެ. ތަޢުލީމީ ޙަޔާތުގައިވެސް ޒަޢީމާ ފާހަގަވެފައިވަނީ ކަންކަމުގައި އިސްނަގާ، އަބަދުވެސް ކަންކަން ކުރާ ހީވާގި ދަރިވަރެއްގެ ގޮތުގައެވެ. ޒަޢީމާވަނީ ޘާނަވީ ޙަޔާތް ނިންމާ، ދިރިއުޅުމުގެ މިހާތަނަށް ގިނަ ކޯސްތަކެއް ފުރިހަމަކޮށްފައެވެ. މިގޮތުން، ލީޑަރޝިޕް އެންޑް އޮފީސް މެނޭޖްމެންޓް، ސްޕެޝަލް އިންގްލިޝް ޕްރޮގްރާމް ފޯރ ސްޕީކިންގް އިންގްލިޝް، އިންވަނީ ސެޓްފިކެޓް 1 ގެ ސަނަދެއް ޙާސިލްކޮށްފައެވެ. އަދި  އިންފޮމޯޝަން ޓެކްނޮލޮޖީގެ ދާއިރާއިން  ވަނީ ސެޓްފިކެޓް 1، 2 އަދި 3 ވެސް ޙާސިލްކޮށްފައެވެ. މީގެ އިތުރުން ފޮޓޯ ގްރަފީ އަދި އޮފީސް އެޑްމިނިސްޓްރޭޝަން މިދެދާއިރާއިންވަނީ ސެޓްފިކެޓް 3 ގެ ސަނަދެއް ޙާސިލްކޮށްފައެވެ. އަދި ސްމޯލް ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ސެޓްފިކެޓް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވާއިރު، ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއިންވަނީ ޑިޕްލޮމާ ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައެވެ. އަދި ބިސްނަސް އެޑްމިނިސްޓްރާޝަންގެ ދާއިރާއިން ޕޯސްޓް ގްރަޖުއޭޓްގެ ސަނަދު ވަނީ ހާސިލްކޮށްފައެވެ. މީގެ އިތުރުން ޖަނާއިޒް ކޯހާއި ވޮލީގެ ރެފްރީ ކޯސްގެ އިތުރުން، މިފަދަ އިތުރު އެތައް ކޯހެއްވަނީ ފުރިހަމަ ކުރައްވާފައެވެ.

މަސައްކަތުގެ ދާއިރާ

ޒަޢީމާއަކީ. އަޅުގަނޑުމެންގެ އާއްމު ބަހުންނަމަ، “މަލްޓި-ޓާސްކިންގް” އަށް ހަމަ އެއްވަނައެވެ. ތަފާތު އެތައް ވަޒީފާތަކެއް، ތަފާތު މަސްއޫލިއްޔަތުތަކެއް، އެއްކަމެއް އަނެއްކަމަކަށް ބުރޫ ނާރާހެން ޒަޢީމާ ވަނީ ތަރުތީބު ކުރައްވާފައެވެ.  ޒަޢީމާގެ މަސައްކަތުގެ ދާއިރާއަށް ބަލާލާއިރު، ޒަޢީމާ ފާހަގަވެފައިވަނީ ތަފާތު އެތައް ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ މީހެއްގެ ގޮތުގައެވެ. މިހާރުވެސް ޒަޢީމާއަކީ ލާމު އަތޮޅުގައި ކުނި މެނޭޖް ކުރުމުންދާ، “ލާމުފާމާސް ޑިވެލޮމްޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރމަންގެ މަޤާމް އަދާކުރަމުން އަންނަ ފަރާތެވެ. މީގެ އިތުރުން ވިދިވިދިގެން 6 އަހަރު ވަންދެން ޒަޢީމާވަނީ ލ.ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަން ކުރައްވާފައެވެ. އަދި މިހާރުވެސް އެކޮމިޓީގެ ރައީސާއަކީ ޒަޢީމާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޒަޢީމާއަކީ ވިމެން އޮންބޯޑްގެ ލާމު އަތޮޅުގެ އައުޓްރީޗް އެޖެންޓެވެ. އަދި ވިމެން އެންހޭންސްމެންޓްގެ ޖެނެރެލް ސެކްރެޓަރީވެސް މެއެވެ. ޒަޢީމާގެ ޚިދުމަތުގެ ތެރެއިން އަދި ފާހަގަކޮށްލެވޭ އެއް ކަމެއް އެބައޮތެވެ. އެއީ އަތޮޅު ކައުންސިލްގައި ތަފާތު މަޤާމްތަކުގައި ހޭދަ ކުރެއްވި 20 އަހަރެވެ. ވަގުތީ މުދައްރިސެއްގެ ގޮތުގައި ލާމު އޭއީސީގައި 1 އަހަރު ދުވަހު މަސައްކުރުމަށްފަހު ޒަޢީމާ މަސައްކަތުގެ މައިދާނުގައި ދެން ނިކުތީ އަތޮޅު ކައުންސިލް އިދާރާއަށެވެ. އެތަނުގައި ހޭދަ ކުރި 20 އަހަރު ދުވަހުގައި  އަތޮޅަށް ޒަޢީމާވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.  މީގެ އިތުރުންވެސް ޒަޢީމާވަނީ ގިނަ ދާއިރާތަކަކުން ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ދަރުމަވެރިއެއްގެ (ވޮލެންޓިއަރެއްގެ) ގޮތުން ޒަޢީމާކޮށްފައިވާ މަސައްކަތްތަކާއި ތަޖުރިބާ ހުރި ދާއިރާތައްވެސް އިތުރު އާޓިކަލްއެއްގައި ޝާއިރުކޮށްލާނަމެވެ.

ލިބިފައިވާ ކާމިޔާބީތައް

ފާތިމަތު ޒަޢީމާއަކީ ކަނބަލުންނަށް ހަމަ އެންމެ ރަނގަޅު ނަމޫނާއެވެ. ކުރާ ކޮންމެ ކަމެއްގައި އެކަމެއްގެ އެންމެ ފުނަށް ގޮސް، ކާމިޔާބީގެ ފުރިހަމަ ރަހަ ލިބިގަތުމަކީ ޒަޢީމާއަށް ލިބިފައިވާ ހުނަރެކޭ ދެންނެވިޔަސް މިކަން ދޮގު ކުރާނެ މީހެއް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. ހަމަގައިމުވެސް، ޒަޢީމާގެ މަސައްކަތްތަކުގެ އަގު ވަޒަން  ކުރުމުގެ ގޮތުން މިހާތަނަށް އޭނާއަށް ލިބިފައިވާ އެވޯޑްތަކަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް އެނގި ސާފުވެގެން ދެއެވެ.

ޒަޢީމާގެ ޙަޔާތުގެ ބޮޑުބައި ހޭދަ ކުރައްވާފައިވަނީ ޢިޖުތިމާޢީ ހަރަކާތްތައް ހިނގުމާއި އެކަންތައްތައް އިންތިޒާމް ކުމުގައެވެ. ދަރުމަވެރިއެއްގެ ގޮތުން އުޖޫރައަކާ ނުލައެވެ. މިއީ ހަމައެކަނި ބުނެލާ ބަހެއް ނޫންކަން، 2017 ވަނަ އަހަރު އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިން ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮގުން، ރައްޖޭގައި ދެވޭ އެންމެ މަތީ ޝަރަފު، “ޤައުމީ ޚިދުމަތުގެ އިނާމް” ލިބުމުން އެކަމުގެ ހެއްކަކަށް ފުދެއެވެ. މީގެ އިތުރުން ޒަޢީމާވަނީ މިދިޔަ އަހަރުވެސް “ބެސްޓް ވޮމެން ލީޑަރޝިޕް އެވޯޑް” ޙާސިލްކޮށްފައެވެ.  އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްއިންދޭ “ޒުވާނުންގެ ޤައުމީ އިނާމް”  (2008) އާއި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިންދޭ “ރެހެންދި އެވޯޑް” (2016) ގެ އިތުރުން އަތޮޅު އެދަރިއަކަށް ފަޚްރުވެރިވާކަން ރަމްޒުކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލްއިން ދޭ “އިޙައްދުންމަތީ ޝަރަފުވެރި ކަމުގެ އެވޯޑް” (2017) ވެސް ޒަޢީމާއަށްވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން 2010 ވަނަ އަހަރު ޖޭ.ސީ.އައި މޯލްޑިވްސްގެ “ޓެން އައުޓް ސްޓޭންޑިންގ ޔަންގްސް އެވޯޑްވެސް” ޒަޢީމާއަށްވަނީ ލިބިފައެވެ.

ޒަޢީމާއަށް ވަނީ ޤައުމީ ޅިދުމަތުގެ އިނާމްވެސް ލިބިވަޑައިގެންފަ

ޒަޢީމާއަކީ ތަޢުލީމީ ގޮތުން ޤާބިލް، މަސައްކަތުގެ ދާއިރާގައި ހުނަރުވެރިއެކެވެ. ޒަޢީމާއަކީ މަސައްކަތް ކުރަން ކެރޭ، މީގެ ކުރިންވެސް އެކަން ޘާބިތުކޮށްދީފައިވަ ކަނބަލެކެވެ.  ޒަޢީމާ ފޮނަދޫ ދާއިރާ އަށް ނިކުންނަވަނީ ﷲ ގެ ވާގިފުޅާއި އެކު ފޮނަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ އުއްމީދާއި އިތުބާރާއި އެކުގައެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ