All news from Laamu Atoll

ލ.މާވަށުން ޑރ. ޝަހީމަށް ހޫނު މަރުހަބާއެއް

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އިންތިހާބީ ބައިވެރިޔާ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިހާރު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު އެ އަތޮޅުގެ މާވަށަށް ވަޑައިގަތުމާއެކު އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު ހެނދުނު ޑރ. ޝަހީމު މާވަށަށް ވަޑައިގަތުމާއެކު އެމަނިކުފާނަށް މަރުހަބާ ކިޔާ، ސަލާމްކުރެއްވުމަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އޭގެތެރޭގައި އެކި އުމުރުގެ ގިނަ ބަޔަކު ހިމެނެއެވެ. މާވަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޑރ. ޝަހީމް ވަނީ ދޮރުން ދޮރަށް ހަރަކާތްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން މާވަށު ޕީޕީއެމް ޖަގަހައިގައިވެސް އެމަނިކުފާނުވަނީ ރައްޔިތުންނާއި މުހާތަބު ކުރައްވާފައެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

މާވަށަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރަމުން އަންނަނީ ބަރުލަމާނީ ނިޒާމުން ރިޔާސީ ނިޒާމަށް ކަމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ ރާއްޖޭގައި އޮންނާނީ ހުސް ގަޑުބަޑު ކަމަށެވެ.

“އޭރުން (ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ) މިތާ އޮންނާނީ ގަޑުބަޑު. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނާނީ މުޒާހަރާ. އެއްދުވަހުން އަނެއް ދުވަހު ސަރުކާރު ވެއްޓޭނެ. ދިވެހިރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ބަރުލަމާނީ ނިޒާމަކީ،” ޑރ. ޝަހީމް ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ޑރ. ޝަހީމް މިހާރު މާވަށަށް ވަޑައިގެން ހުންނެވިއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހިމް މުޙައްމަދު ޞާލިހްވެސް ވަނީ މިދިޔަ މަހުގައި މާވަށަށް ވަޑައިގެންފައެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ