All news from Laamu Atoll

ޑރ. ޝަހީމް ލ.އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފި

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމުގެ އިންތިހާބީ ބައިވެރިޔާ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ލ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފިއެވެ. މިހާރު ލ.އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުފުޅުގައި މިއަދު ވަޑައިގެންވާވަނީ ލ.މުންޑޫ، ދަނބިދޫ އަދި މައިބައިދުއަށެވެ.

މިއަދު ޑރ. ޝަހީމް ލ.މުންޑޫ، ދަނބިދޫ އަދި މައިބައިދުއަށް ވަޑައިގަތް އިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެތައް ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އަދި ލ.މުންޑޫ، ދަނބިދޫ އަދި މައިބައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޑރ. ޝަހީމް ވަނީ ދޮރުން ދޮރަށް ހަރަކާތްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން ޖަގަހަތަކުގައިވެސް އެމަނިކުފާނުވަނީ ރައްޔިތުންނާއި މުހާތަބު ކުރައްވާފައެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

މައިބައިދޫގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުނ ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުން ހާސްވެ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އަދި މި އިންތިހާބުގައި އެމްޑީޕީ މީހުންވެސްް ވޯޓުލާނީ ރައީސް ޔާމީނަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދު ޑރ. ޝަހީމް ލ.މުންޑޫ، ދަނބިދޫ އަދި މައިބައިދުއަށް ވަޑައިގަތްއިރު އިއްޔެ އެމަނިކުފާނު ވަނީ އިސްދޫ އަދި ކަލައިދުއަށް ވަޑައިގެންފައެވެ.

މިދިޔަ މަހުގައި އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުޙައްމަދު ޞާލިހްވެސް ވަނީ ލާމު އަތޮޅަށް ދަތުުރުފުޅެއް ކުރައްވާފައެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ