All news from Laamu Atoll

ޑރ. ޝަހީމް ލ.އިސްދޫ އަދި ކަލައިދުއަށް ވަޑައިގެންފި

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމުގެ މިއަހަރުގެ ރިޔާސީ އިންތިހާބުގެ އިންތިހާބީ ބައިވެރިޔާ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިހާރު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެ ލ. އިސްދޫ އަދި ކަލައިދުއަށް ވަޑައިގެންފިއެވެ.

އިސްދޫ އަދި ކަލައިދޫ އަށް ވަޑައިގެން ޑރ. ޝަހީމް ވަނީ އެ ދެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެރަށުގެ ކެމްޕެއިނު ޖަގަހަތަކަށް ވަޑައިގަތުމުގެ އިތުރުން ޑޯޓުޑޯ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ކަލައިދޫއިން ޑރ. ޝަހީމަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. އަދި މިއަދު ޑރ. ޝަހީމް ވަނީ ކަލައިދޫއިން އިސްދޫއަށް ވަޑައިގެންފައެވެ.

ޑރ. ޝަހީމް ގެ މި ދަތުރުފުޅުގައި މާދަމާ މުންޑޫ، ދަނބިދޫ އަދި މައިބައިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ލ.އަތޮޅަށް ޝަހީމް ވަޑައިގެން ހުންނެވިއިރު، މިދިޔަ މަހުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ލ.އަތޮޅަށް ކެންޕެއިން ދަތުރުފުޅެއް ކުރައްވާފައެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ