All news from Laamu Atoll

ކެމްޕެއިން ދަތުރުފުޅެއްގައި ޑރ. ޝަހީމް ލާމު އަތޮޅަށް ވަޑައިގެންފި

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ކެމްޕެއިން ދަތުރުފުޅެއްގައި ލ.އަތޮޅަށް ވަޑައިގެންފިއެވެ.

ޑރ. ޝަހީމް ލ.އަތޮޅަށް ވަޑައިގަތުމާއެކު އެމަނިކުފާނަށް މަރުހަބާ ދެންނަވާ ސަލާމްކުރެއްވުމަށް ލ.ފޮނަދޫއިންނާއި އަދި އަތޮޅުގެ އެކި ރަށްރަށުން 1500 އަށްވުރެ ބަޔަކު ވަނީ ކައްދޫ އެއަރޕޯޓަށް ޖަމާވެފައެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ޑރ.ޝަހީމު ކުރައްވާ ދަތުރުފުޅުގައި ލ.އަތޮޅުގެ ރަށްރަށަށް ވަޑައިގެން އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވާ، ހިތުން ހިތަށް (ޑޯޓުޑޯ) އިވެންޓުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޕީޕީއެމްގެ ޖަގަހަތަކުގައި ޖަގަހަ ޖަލްސާތައްވެސް ކުރިޔަށް ދާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިދިޔަ ހަފްތާގައިވެސް ޑރ.ޝަހީމް ވަނީ  ގދ.ތިނަދުއަށް ވަޑައިގެންފައެވެ. އަދި ފުވައްމުލަކު ސިޓީ އަށާއި ގއ. އަތޮޅުގެ ރަށްތަކަށްވެސް ޑރ. ޝަހީމް ވަނީ ވަޑައިގެންފައެވެ.

ލ.އަތޮޅަށް ޝަހީމްގެ ދަތުރުފުޅުގައި ވަޑައިގެންނެވި އިރު، މިދިޔަ މަހުގައި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ލ.އަތޮޅަށް ކެންޕެއިން ދަތުރުފުޅެއް ކުރައްވާފައެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ