All news from Laamu Atoll

ކެމްޕެއިން ދަތުރުފުޅެއްގައި ޑރ.ޝަހީމް މާދަމާ ލާމަށް ވަޑައިގަންނަވަނީ

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އިންތިޙާބީ ބައިވެރިޔާ، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާދަމާ ލ.އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފިއެވެ.

“ލާމު ލައިވް” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.ޝަހީމު ކުރައްވާ ދަތުރުފުޅުގައި ލ.އަތޮޅުގެ ރަށްރަށަށް ވަޑައިގެން އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވާ، ހިތުން ހިތަށް (ޑޯޓުޑޯ) އިވެންޓުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޕީޕީއެމްގެ ޖަގަހަތަކުގައި ޖަގަހަ ޖަލްސާތައްވެސް ކުރިޔަށް ދާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް އިދިކޮޅު ފަރާތްތަކާއިޕީޕީއެމްގެ ކެންޕެއިން ންއިތުރުވަމުން ދާއިރު، މިދިޔަ ހަފްތާގައިވެސް ޑރ.ޝަހީމް ވަނީ ގދ.ތިނަދުއަށް ވަޑައިގެންފައެވެ. ތިނަދޫއިން ޝަހީމްއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، ލާމުއަތޮޅުންވެސް ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ. ޕީޕީއެމްއިން މީގެ ދެމަސް ދުވަސް ކުރިން ލާމު ގަމުގައި ބޭއްވި ބޮޑު ޖަލްސާއަށް ގިނަ ބައެއްގެ ތަރުޙީބުވަނީ ލިބިގެން ގޮސްފައެވެ. މީގެ އިތުރުން ލާމަށް އިދިކޮޅު ކެންޑީޑޭޓްވެސްވަނީ މިދިޔަ މަހުގައި ކެންޕެއިން ދަތުރުފުޅެއް ކުރައްވާފައެވެ. ނަމަވެސް އިބޫއަށް ލާމުން ލިބިގެން ދިޔައީ ކުޑަ ތަރުޙީބެއްކަން ފާހަގަކޮށްލެވެއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ