All news from Laamu Atoll

ފޮނަދޫގައި ރައީސް ޔާމިނުގެ ދެ ކެމްޕޭނު ޖަގަހައެއް ހުޅުވައިފި

ޕީޕީއެމް ޔޫތު ޖަގަހަ ހުޅުވައިދެއްވަނީ -- ފޮޓޯ: ލާމު ލައިވް

މިއަންނަ މަހުގައި އޮންނަ ރިޔާސީ އިންޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވަވާ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ކެންޕެއިން ހަރަކާތްތައް ހިނގުމަށްޓަކައި އެމަނިކުފާނަށް ބޮޑު ތާޢީދެއްއޮންނަ ލ.ފޮނަދޫގައި ޕީޕީއެމްގެ ދެ ޖަގަހައެއް ހުޅުވައިފިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަދި ޑރ.ޝަހީމް އަށް ކެމްޕެއިން ކުރުމުގެ ގޮތުން ހުޅުވި ދެ ޖަގަހަ ހުޅުވައިދެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުއްރަހީމް އަބްދުﷲ އެވެ،

No More Plastic Bags
ADS BY NO MORE PLASTIC BAGS

އެ މަނިކުފާނުގެ އިތުރުން ހޯރަފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު އިސްމާއިލް، އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އިބްރާހިމް ފަލާހު އަދި ކެލާ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލީ އާރިފް ޖަހަގަ ހުޅުވުމަށް ބޭއްވެވި ރަސްމިޔައްޔާރުގައި ބައިވެރިވެވަޑައިގެންފާ ވެއެވެ.

ގިނަ އަދަދެއްގެ ސަޕޯޓްތަރުންނާއިއެކު މިއަދު ފޮނަދޫގައި ފުރަތަމަ ހުޅުވުގެން ދިޔައީ “އަމާޒު ޔަގީން” ޖަގަހައެވެ. އެއަށްފަހު ޕީޕީއެމް ޔޫތު ޖަގަހަ” ހުޅުވިގެން ދިޔައިރު, ޖަހަގަ ހުޅުވާ ދެއްވުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ހުރިހާ މެންބަރުންވެސް ވިދާޅުވީ، ފޮނަދޫއަކީ ޕީޕީއެމްއަށް މެޖޯރިޓީ ބޮޑު ރަށެއް ކަމަށާއި،މިއަދު އެކަން ފެނިގެން ހިނގައްޖެ ކަމަށެވެ.

ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އިބްރާހިމް ފަލާހު ވާހަކަފުޅު ދައްކަވަނީ — ފޮޓޯ: ލާމު ލައިވް

ޖަގަހަ ހުޅުއްވާދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ޖަގަހައެއް ހުޅުވުމަށް މިހާ ގިނަ ބަޔަކު ޖަމާވެ ތިބި މަންޒަރު ނުދެކޭ ކަމަށެވެ.

އަދި މީގެ އިތުރުން މިހާރު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ބޭފުޅަކީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުއް ރަހީމް އަބްދުﷲ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އޭޕްރިލް މަހު ލ.ގަމުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއާއި އެއްފަދައިން މިއަދުވެސް އަދުރޭ ވަނީ، އަންނަ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ޕަސަންޓެއްގެ ވޯޓު ރައީސް ޔާމީނަށް ހޯދައިދޭނީ ހައްދުންމަތިން ކަމަށް ވިދާޅުވެފައެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ