All news from Laamu Atoll

ފޮނަދޫ ފުޓްސަލް ލީގުގެ ފައިނަލަށް ޝަބްނަމީ ހޯލްޑިންގްސް އަދި ސްޕާޓާ

ފޮނަޫ ފުޓްސަލް ލީގް -- ފޮޓޯ: އަޒަލް ފޮޓޯސް

ފޮނަދޫ ފުޓްސަލް ލީގިގެ ފައިނަލަށް ޝަބްނަމީ ހޯލްޑިންގްސް އަދި ސްޕާޓާ ދަތުރުކޮށްފިއެވެ. މިމަހުގެ ނުވަ ވަނަ ދުވަހު ފެށި މި މުބާރާތުގައި 13 ޓީމު ބައިވެރިވެފައި ވެއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗް ކުޅެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ބީޗް ސްޕޮޓް އަދި ޝަބްނަމީ ހޯލްޑީންގްސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޝަބްނަމީ ހޯލްޑިންގްސް އިން ވަނީ ބައިކޮޅަށް ލަނޑެއް ޖަހާފައެވެ. އެހެންނަމަވެސް ދެވަނަ ހާފުފައި ޝަބްނަމީ ހޯލްޑިންގްސް އިން އިތުރު ގޯލައެއް ޖަހާ ނަތީޖާ ވަނީ އެއްވަރު ކޮށްފައެވެ. ދެ ޓީމު އެއްވަރުވުމާއެކު މެޗުގައި ވަނީ ޕެނަލްޓީ ޖަހާފައެވެ. މެޗު ނިމުނު އިރު ނަތީޖާއަކީ 6 – 5 އެކެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރީ ސްޕާޓާ އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިޔާއެވެ. މެޗުގައި ސްޕާޓާ އިން ވަނީ  ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗު ނިމުނު އިރު ސްޕާޓާ އިން ވަނީ 4 ގޯލް ޖަހާފައެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިޔާއިން ވަނީ 1 ގޯލް ޖަހާފައެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެންމެ ފުރަތަމަ އޮންނާނީ ވެޓްރަންސް މުބާރާތުގެ ފައިނަލް މެޗެވެ. މި މެޗުގައި ވާދަކުރާނީ އިސްކަންދަރ އެއަރބޭސް އަދި ބީޗް ސްޕޮޓް އެސްސީ އެވެ. ވެޓެރަންސް މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާނީ ސްޕާޓާ އަދި ޝަބްނަމީ ހޯލްޑިންގްސް އެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:30 ގައެވެ.

ފޮނަދޫ ފުޓުސަލް ލީގުގައި ޒުވާނުންގެ 13 ޓީމު އަދި ވެޓެރަންސް 3 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތުގައި ބައިވެރިވި ޒުވާނުންގެ ޓީމުތަކުގެ ތެރޭގައި ޔޫތް އެކަޑަމީ، ބީޗް ސްޕޮޓް އެސްސީ، ޓައިމް ޒެޑް، އެލްވައިއެމް، ޝަބުނަމީ ހޯލްޑިންގ ޕލޓ، ޝައިންވަން، އެކުވެރި އެފްސީ، އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ، އެފްއާރުއެސް، #ކުލަމަޖާ، ނިއުހޯމް ސިޓީ އެފްސީ، ސްޕާޓާ އަދި އިސްކަންދަރު އެއަރބޭސް ހިމެނެެއެވެ.


ފޮނަދޫ ފުޓްސަލް ލީގް އަދި ވެޓެރަންސް މުބާރާތުގެ މީޑިޔާ ޕާޓްނަރ އަކީ ލާމު ލައިވް އެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ