All news from Laamu Atoll

ފޮނަދޫގައި ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް ބޭއްވި ކޯހުން 83 ފޮޓޯގްރާފަރުން ދަސްވެނިވެއްޖެ!

އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން  ފޮނަދޫގައި ހިންގި ފޮޓޯގްރަފީ ކޯހުން 84 ފޮޓޯގްރާފަރުން ދަސްވެނިވެއްޖެއެވެ.

މިކޯހުން ދަސްވެނިވި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިރޭ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިކަމަށް ބޭއްވި ޚާއްޞަ ޖަލްސާއެއްގެ ތެރެއިންނެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ތަޢުލީމީ ވަޒީރު ޑރ.އައިޝަތު ޝިހާމެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ލ.ފޮނަދޫގައި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ލ.ފޮނަދޫގެ ޖަމްއިއްޔާއެއް ކަމުގައިވާ ޔޫތު ޑެވެލޮޕްމެންޓް ސޮސައިޓީ (ވައިޑީއެސް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) ގުޅިގެންނެވެ

މިކޯހަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ)އިން ވަޒީފާތަކަށް ޒުވާނުން އަހުލުވެރި ކުރުވައި ތަމްރީން ދިނުމުގެ ގޮތުން 1000 ފޮޓޮގްރާފަރުން ތަމްރީން ކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޯހެކެވެ.

މިކޯހުގައި ބައިވެރިވި ކޮންމެ ބައިވެރިޔަކަށް އިންސްޓޯލްމެންޓްއަށް ނިކޮން ޑީ 3400 ކެމެރާއެއް ވަނީ ދީފައެވެ. ލ.ފޮނަދޫގެ އިތުރުން އެއަތޮޅުގެ މާވަށުގައިވެސް އަންނަ ހަފްތާތެރޭގައި ފޮޓޯގްރަފީ ކޯހެއް ފަށާނެކަމަށް ޔޫތު ޑިވޮލޮޕްމެންޓް ސޮސައިޓީއިން މަޢުލޫމާތުދެއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ