All news from Laamu Atoll

މަހާރެހެންދީ ލާމަށް ވަޑައިގެންފި

މެޑަމް ފާތިމަތު އިބްރާހިމް ލ.އަތޮޅަށް ވަޑައިގަތުން - ފޮޓޯ: ލާމު ލައިވް

“މިތިބޫ ރައީސް ޔާމީނާއެކު” މިނަމުގައި ލ.ގަމުގައި މިރޭ އޮންނަ ޖަލްސާގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމަހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ލ.އަތޮޅައް ވަޑައިގެންފިއެވެ.

މެޑަމް ފާތިމަތު އިބްރާހިމް މިއަދު ހަވީރު ކައްދޫ އެއަރޕޯޓަށް ވަޑައިގަތުމުން އަތޮޅުގެ އެކި ރަށްރަށުން ގިނަބަޔަކު ކައްދުއަށް ގޮސްފައިވާއިރު އެކަމަނާއަށްވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ. އަދި މީގެ އިތުރުންވެސް މަރުހަބާގެ އެތައް ހަރަކާތެއް ވަނީ ބާއްވާފައެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

މެޑަމް ފާތިމަތު އިބްރާހިމް އާއެކު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙުގެ އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މެޑަމް ފާތިމަތު އިބްރާހިމް ލ.އަތޮޅަށް ވަޑައިގަތުން — ފޮޓޯ: ލާމު ލައިވް

މެޑަމް ފާތުން އިސްވެ ހުންނަވައިގެން އެކަމަނާގެ ޓީމުން ކުރައްވާ މި ދަތުރުފުޅުގައި، އެއަތޮޅުގެ ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި އޮޅުންފިލުވައި، ރައްޔިތުންނަށް ހުރި ދަތިތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ