All news from Laamu Atoll

އެންމެ ހަދަން ބޭނުންވާ ޤާނޫނަކީ އިޤްތިޞާދު ޑިމޮކްރަޓައިޓް ކުރުމާއި ބެހޭ ޤާނޫން – އޭކޭ

އެންމެ ހަދަން ބޭނުންވާ ޤާނޫނަކީ އިޤްތިޞާދު ޑިމޮކްރަޓައިޒް ކުރުމާއި ބެހޭ ޤާނޫނެއް ކަމަށް، ފޮނަދޫ ދާއިރާއަށް މިއަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގައި މައުމޫނުގެ ތާޢީދާއެކު، ފޮނަދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރުމަށް ނިންމާފައިވާ، އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

 ލާމު އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން، “ހައްދުންމަތީ އަޑު” ގެ ނަމުގައި ލާމު އަތޮޅުގެ މަޖިލިސް ގޮޑިތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ބޭއްވި، ޓޯކް ޝޯއެއްގައި ވާހަކަފުޅު ދައްކަވަމުން އޭކާ ވިދާޅުވީ، އެމަނިކުފާން ދެކެން އެންމެ ބޭނުންވާ ދުވަހަކީ، ފަރުދީ ގޮތުން ކޮންމެ މީހަކު މުއްސަދިވާ ދުވަސް ކަމަށާއި މިލްކުވެރިންގެ މުޖުތަމައެއް އުފެއްދުން ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ނިޒާމްތައް އެބަހުރި ކަމަށާއި އެކަން ކުރެވޭނެ ގޮތްތައްވެސް އެބަހުރި ކަމަށް އޭކޭ ވިދާޅުވިއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

 “ރައްޔިތުން މިހާރު ތިބި ހާލަތުން ނެރެ، އިޤްތިޞާދީ ގޮތުން  އިނގޭތޯ!  އެ ޤާނޫން އެކުލެވިގެންވާނީ މުޅި އިޤްތިޞާދު ޑިމަކްރަޓައިޒް ކުރުމާއި  ރައްޔިތުންނަކީ އޯނަރުންނަށް ވުމަށް، ފަރުދީ ގޮތުން. އިޖުމާޢީ ގޮތަކުންނެއް ނޫން. ފަރުދީ ގޮތުން ކޮންމެ ރައްޔިތަކީ މުއްސަންޖަކަށްވުން. އެކަން ކުރެވޭނެ ގޮތްތައް އެބަހުރި ދެއްތޯ؟ އެކި އެކި ނިޒާމްތައް އެބަހުރި، އިޤްތިޞާދީ ނިޒާމްތައް އެބަހުރި، ފަރުދީ ގޮތުން ރައްޔިތުން މުއްސަދި ކުރެވޭނެ ނިޒާމްތައް އެބަހުރި. އެހެންވީމާ، އަނެކަކު ކައިރިއަށް ގޮސް ކަންތައް ކުރަން ނުޖެހުމާއި އެފެންވަރަށް ރައްޔިތުންގެ މުއްސަދިކަން ކްރިއޭޓްކޮށް، އޯންޝިޕް ސޮސައިޓީއެއް،މިލްކުވެރިންގެ ސޮސައިޓީއެއް އުފެއްދުމަށް  ހަދަން ޖެހޭ ޤާނޫން ހެދުން.” އޭނާ. ވިދާޅުވިއެވެ.

އޭކޭގެ ވާހަކަފުޅުގައި އޭނާ އިތުރަށް ވިދާޅުވީ، އޭނާ ދެކެން އެންމެ ބޭނުންވާ ދުވަހަކީ، އެމީހަކު ލާ ވޯޓްކަީ އަނެކާ ބުނެގެންލާ ވޯޓަކަށް ވުމުމާއި، އަމިއްލަ ވޯޓަކަށްވުން ކަމަށެވެ.

މީގެ އިތުރުން، އޭނާގެ ޥާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ދާއިރާތަކުގެ ތެރެއިން ފޮނަދޫ ދާއިރާ އިޚްތިޔާރު ކުރެއްވީ ކޮން ސަބަބަކާ ހުރެކަންވަނީ އޮޅުން ފިލުވާދެއްވާފައެވެ. މިގޮތުން ވިދާޅުވީ، ހައްދުންމައްޗަކީ ތަރައްޤީ ގެނެވޭނެ އަތޮޅެއް ކަމަށާއި އަދި ފޮނަދޫ އަކީ “ހައްދުންމަތީގެ ހިތް” ކަމަށެވެ.

ރައްްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭކޭގެ އިތުރުން އިތުރު 5 މީހަކު ފޮނަދޫ ދާއިރާއަށް ވާދަކުރެއެވެ.

 

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ