All news from Laamu Atoll

ޒަޢީމާގެ އަމިއްލަ ޚަރަދުގައި ފޮނަދޫގައި 8 ޑަސްޓްބިން ބަހައްޓައިފި

ޑަސްޓްބިންތައް ހަދިޔާކޮށްފައިވަނީ ޒަޢީމާގެ ޚަރަދުގައި. ފޮޓޯ: ވިސިޓް ލާމު

މީގެ ކުރިންވެސް އިޖުތިމާޢީ ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވާ، ލ.ފޮނަދޫ، މުރިގު، ފާތިމަތު ޒަޢީމާގެ ޚަރަދުގައި ފޮނަދޫގެ 8 ސަރަހެއްދެއްގައި އާއްމުކޮށް މީހުންނަށް ބޭނުން ކުރެވޭނެ ގޮތަށް 8 ޑަސްޓްބިނެއް ބަހައްޓައިފިއެވެ.

“ވިޒިޓް ލާމު” އިން އިސްނަގައިގެން އިއްޔެ ލ.ފޮނަދޫގައި ބޭއްވި ސާފު ކުރުމުގެ ޕްރޮގްރާމް، “ފޮޅާލަމާ” ގެ ތެރެއިން އިއްޔެ ފޮނަދޫގައި 8 ޑަސްޓްބިން ބަހައްޓާފައިވާއިރު، މީގެ ކުރިން ފޮނަދޫގައި މިގޮތަށް އާއްމުކޮށް ބޭނުން ކުރުމަށް ޑަސްޓްބިންތަކެއް ބަހައްޓާފައެއް ނުވެއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

“އަސްލު ވަރަށް ކުރިން ސުރެ ރާވާފައި އޮތް ކަމެއް މިއީ. ކޮންމެހެން ކުރަން ޖެހޭ ކަމެއް  ކަމަށް ބަލައިގެން ކުރެވުނު ކަމެއް އަސްލު މިއީ. އިވެންޓްގައި ބައިވެރި ވަރަށް ގިނަ ފަރާތްތަކުން، އެ ހުރިހާ ފަރާތަކަށް ޝުކުރު ޙައްޤު.  ޚާއްސަކޮށް ޒަޢީމާކޮށްދިނީ ވަރަށް ބޮޑު ކަމެއް. މުޖުތަމައަށް ބޭނުންވެފައި ހުރި ކަމެއް.” ވިޒިޓް ލާމު ގެ ބޯޑް މެންބަރެއް ކަމުގައިވާ ސަނީޙް ލާމު ލައިވް އާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ފާތިމަތު ޒަޢީމާއަކީ މީގެ ކުރިންވެސް ވަރަށް ގިނަ އިޖްތިމާޢީ ހަރަކާތްތަކުގައި އިސްސަފުގައި އުޅެމުން އަންނަ ފަރާތެކެވެ. ޒަޢީމާއަކީ މިފަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ހަމަޖެހިފައިވާ ކެނޑިޑޭޓެކެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ