All news from Laamu Atoll

ލާމު 5 ކޭ ބާއްވައިފި

އައިރަނާސް އިން ލ.އަތޮޅުގައި “ލާމު 5 ކޭ” ދުވުން ބާއްވައިފިއެވެ. ލާމު 5 ކޭ ބާއްވާފައިވަނީ މިއަދު ހަވީރުއެވެ.

އައިރަނާސް އަދި ގަން ފޮނަދޫގެ ގިނަ ޒުވާނުން އިންތިޒާމުކޮށްގެން ބޭއްވި މި ދުވުމުގައި ޖުމްލަ 100 އަށްވުގެ ގިނަ މިހުން ވަނީ ބައިވެރިވެފައެވެ. އަދި ހުރިހާ ބައިވެރިންވެސް ވަނީ 5 ކިލޯމީޓަރަށް ދުވެ، ރޭސް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS
ލާމު 5 ކޭ ދުވުންތެރިއެއް — ފޮޓޯ: ހުސައިން މޫސާ

އައިރަނާސް އިން މި ދުވުމަށް ތައްޔާރުވުމަށްޓަކައި ފޮނަދުއާއި ގަމުގައި ހިލޭ ޓްރެއިނިންގ ކްލާސްތަކެއްވެސް ވަނީ ބާއްވާފައެވެ. މި ކުލާސްތަކުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް މި ޓްރެއިނިންގތައް ކުރިޔަށް ދާނެކަމަށާއި، ޓްރެއިނިންގ ގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައި އޮތްކަމަށް އައިރަނާސް އިން ވަނީ މަޢުލޫމާތު ދީފައެވެ.

ލާމު 5 ކޭ ދުވުންތެރިއެއް — ފޮޓޯ: ހުސައިން މޫސާ

ލ.އަތޮޅުގެ އިތުރުން އައްޑޫގައިވެސް “އައްޑު 5 ކޭ” ބޭއްވުމަށް އައިރަނާސް އިން ވަނީ ނިންމާފައެވެ. “އައްޑޫ 5 ކޭ” އޮންނާނީ އަންނަ އަހަރުގެ ޖަނަވަނީ މަހުގެ ފަސްވަނަ ދުވަހުއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ