All news from Laamu Atoll

ލާމު 5 ކޭ މާދަމާ ބާއްވަނީ

އައިރަނާސް އިން އިންތިޒާމުކޮށްގެން ބާއްވާ “ލާމު 5 ކޭ” މާދަމާ ބާއްވަން ނިންމައިފިއެވެ.

ލާމު 5 ކޭގައި މިހާރު ޖުމްލަ 100 އަށްވުރެ ގިނަ މީހުން ވަނީ ރެޖިސްޓަރވެފައެވެ. މި ރޭހުގައި އޮންނާއި 5 ކިލޯމީޓަރުގެ ދުވުމާއި 2 ކިލޯމީޓަރުގެ ދުވުމެވެ. 2 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވެވޭނީ އުމުރުން 6 އަހަރުން ފެށިގެން މަތީގެ ކުޑަ ކުދިންނަށެވެ. އަދި 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވެވޭނީ އުމުރުން 12 އަހަރުން ފެށިގެން މަތީގެ މީހުނަށެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

އައިރަނާސް 5 ކޭ ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ. ދުވުން ފަށާނީ ލ.ކައްދޫ ބަނދަރު ސަރަހައްދުންނެވެ. އެގޮތުން އެންމެ ފުރަތަމަ އޮންނާނީ 5 ކިލޯމީޓަރު ދުވުމެވެ. އަދި 2 ކިލޯމީޓަރު ދުވުން އޮންނާނީ އެއަށްފަހުއެވެ.

އައިރަނާސް އިން މި ދުވުމަށް ތައްޔާރުވުމަށްޓަކައި ފޮނަދުއާއި ގަމުގައި ޓްރެއިނިންގ ކްލާސްތަކެއްވެސް ވަނީ ބާއްވާފައެވެ. މި ކުލާސްތަކުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ލ.އަތޮޅުގެ އިތުރުން އައްޑޫގައިވެސް “އައްޑު 5 ކޭ” ބޭއްވުމަށް އައިރަނާސް އިން ވަނީ ނިންމާފައެވެ. “އައްޑޫ 5 ކޭ” އޮންނާނީ އަންނަ އަހަރުގެ ޖަނަވަނީ މަހުގެ ފަސްވަނަ ދުވަހުއެވެ.

ލާމު 5 ކޭގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. ދުވުމުގައި ބައިވެރިވުމަށް އެދޭ ފޯމު ތިރީގައި އެވަނީއެވެ.

ލާމު 5 ކޭ ރެޖިސްޓްރޭޝަން ފޯމް

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ