All news from Laamu Atoll

ބީޕީއެސް ހިތަ އާޓް އެގްޒިބިޝަން މާދަމާ ހަވީރު ބާއްވަނީ

ބަރާސިލް އެކުވެރި ރައްޔިތުންގެ ޕްރީސްކޫލް އިން ބާއްވާ ހިތަ އާޓް އެގްޒިބިޝަން މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.

ބައްރު ޕްރީސްކޫލް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްޒިބިޝަންގައި އެ ސުކޫލުގު ހުރިހާ ދަރިވަރުންވެސް ބައިވެރިވާނެއެވެ. އަދި ކޮންމެ ދަރިވަރެއްވެސް އެ ދަރިވަރެއް އަމިއްލަ އަށް ކުރަހާފައިވާ “ކެންވަސް ކުރެހުން” ދައްކާލާނެއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

މި އެގްޒިބިޝަންގައި ބައިވެރިކުރަނީ ކޮންމެ ދަރިވަރަކުވެސް އެކުއްޖަކު އަމިއްލައަށް ކުރަހާފައިވާ ކުރެހުމެކެވެ. އަދި މި އިވެންޓުގެ ތެރެއިން ކުރެހުންތައް ވިއްކުންވެސް ކުރިޔަށް ދާނެއެވެ.

ކުރެހުންތައް ވިއްކަނީ ނީލަމެއްގައެވެ. މި ނީލަމުގައި ކޮންމެ ކުރެހުމެއްވެސް ނީލަން ފެށޭ އަގަކީ 175 ރުފިޔާއެވެ. ނީލަކަށް ނުގޮސް ވަގުތުން މީހަކު ކުރެހުމެއް ގަންނަން ބޭނުން ނަމަ އެ ކުރެހުމެއް ވިއްކަނީ 250 ރުފިޔާއަށެވެ.

ދަރިވަރުންގެ ހުނަރު އެހެންމީހުނަށް ދައްކާލުމުގެ ގޮތުން ބާއްވާ މި އެގްޒިބިޝަން އަށް ހުރިހާ އެންމެނަށްވެސް ބައްރު ޕްރީ ސުކޫލުގެ ދަރިވަރުންގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ. ބައްރު ޕްރީސުކޫލުގެ ހިތަ އެގްޒިބިޝަން އޮންނާނީ ބައްރު ޕްރީސުކޫލުގެ ކުޅޭ ބިމުގައެވެ. މި އެގްޒިބިޝަން ފެށޭނި މާދަމާ ހަވީރު 4:00 ގައެވެ.

ބައްރު ޕްރީސުކޫލުން ބާއްވާ ހިތަ އާޓް އެގްޒިބިޝަންގެ ލައިވް އިވެންޓް މާދަމާ ހަވީރު 4:00 އިން ފެށިގެން ލާމުލައިވް ފޭސްބުކް ޕޭޖް އިން ކުރިޔަށް ދާނެއެވެ.

ބައްރު ޕްރީސުކޫލުގެ އިތުރުން ލ.އަތޮޅު ތަޢުލިމީ މަރުކަޒުގައިވެސް މިއަދު ވަނީ އެ ސުކޫލުގެ އަހަރީ އެގްޒިބިޝަން ބާއްވާފައެވެ. މި އެގްޒިބިޝަންގައިވެސް ދަރިވަރުންގެ ތަފާތު ގިނަ ހުނަރުވެރި މަސައްކަތްތަކެއް ފެނިގެން ގޮސްފައިވެއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ