ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފި
(ލ.ފޮނަދޫ | 4 އޮކްޓޫބަރ 2018) – ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މުދައްރިސުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ތަފާތު ހަރަކާތްތަކެއް ބާއްވާފައެވެ.
އެގޮތުން މުދައްރިސުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވަނީ މަރުކަޒުގެ ހުރިހާ ދަރިވަނުން ހުރިހާ މުދައްރިސުންނަށް މަރުހަބާ ކިޔާފައެވެ. އަދި އެއަށްފަހު ދުވަހަށް ޙާއްޞަކޮށްގެން އެސެމްބްލީއެއް ވަނީ ބާއްވާފައެވެ.
މީގެ އިތުރުން ދަރިވަރުން ވަކީން ކޮންމެ ކުލާހެއް އެކުލާހެއްގެ މުދައްރިސުންނަށް ޝުކުރު ދެންނެވުންވެސް އޮންނާނެކކަމަށް ލ.އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދެއެވެ.
އިރުތަށް މަޢުލޫމާތު ދެމުން ލ.އަތޮޅު ތަޢުލީމީ މަރުކަޒުން ބުނީ މިމަހުގެ 6 ވަނަ ދުވަހަކީ ބެލެނިވެރިންގެ ދުވަސް ކަމަށްވުުމާއެެކު ދެދުވަސް އެކުގައި ފާހަގަކުރަން ރާވާފައި ވާކަމަށެވެ. އެގޮތުން ބެލެނިވެރިންގެ ތެރެއިންނާއި މުދައްރިސުންގެ ތެރެއިން ޓީމު ނަގައިގެން ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން އިހައްދޫ ސުކޫލުގައިވެސް ވަނީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައެވެ. އެގޮތުން މިއަދު ހެނދުނު ވަނީ މުދައްރިސުންގެ ދުވަހުގެ ޚާއްޞަ އެސެމްބްލީއެއްވެސް ބާއްވާފައެވެ.

އޭގެ އިތުރުން އިހައްދޫ ސުކޫލުގައިވެސް މިއަދު ހަވީރު ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުދައްރިސުންގެ މެދުގައި ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ހުރިހާ ސުކޫލެއްގައިވެސް މިހަފްތާ ތެރޭގައި މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން ދާއިރު ބައެއް ސުކުލުތަކުގައި ހުރިހާ ކުދިން ހަމަހަމަ ކުރުމަށް ކަމަށްބުނެ ދަރިވަރުން މުދައްރިސުންނަށް ހަދިޔާ ދިނުން ވަނީ މަނާކޮށްފައެވެ.