މަންދު ކޮލެޖުގެ ކެރިއަރ ގައިޑަންސް ޕްރޮގްރާމް މިރޭ
މަންދު ކޮލެޖުގެ ކެރިއަރ ގައިޑަންސް ޕްރޮގްރާމް މިރޭ ފޮނަދޫގައި ބާއްވަން ހަމަޖައްސައިފިއެވެ.
މަންދު ކޮލެޖުގެ ކެރިއަރ ގައިޑަންސް ޕްރޮގްރާމް އޮންނާނީ މިރޭ 20:45 ގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީއާރުސީ ހޯލުގައެވެ.
މަންދު ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި މި ކެރިއަރ ގައިޑެންސް ޕްރޮގްރާމުގައި، ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާފައިވާ ދަރިވަރުންނަށް އެކުދިންގެ މަތީ ތައުލީމު ކުރިޔަށް ގެންދިޔުމުގައި ހުރި ފުރުސަތުތަކާއި އަދި މަންދު ކޮލެޖުން ކިޔަވަން ފުރުސަތު ހުޅުވިފައި ހުރި އެކި ދާއިރާތަކާއި ބެހޭ ގޮތުން މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުންވެސް، މަންދު ކޮލެޖުގައި ހުރި ލުއިފަސޭހަތަކާއި، އަދި މަންދު ކޮލެޖުން ކިޔަވާ ދަރިވަރުންނަށް ހުރި ހިދުމަތްތައް ވެސް ޕްރޮގްރާމުގެ ބައިވެރިންނާއި ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގައި ވަޒީފާ އަދާކުރަމުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް މަންދު ކޮލެޖުގައި ވަޗުއަލްކޮށް ހިންގާ ކޯސްތަކާއި ބެހޭ މައުލޫމާތުވެސް ހިއްސާކުރާނެކަމަށް މަންދު ކިލޮޖުން މައުލޫމާތު ދެއެވެ.
މިފަދަ ފަހި ފުރުސަތުގެ ބޭނުން ވީހާވެސް ގިނަ ފަރާތްތަކުން ހިފާނެކަމަށް އުއްމީދު ކުރާ ކަމަށާއި، އަދި ހުރިހާ ޒުވާނުންނުން މިކަމުގައި ބައިވެރި ވުމަށް މަންދު ކޮލެޖުގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ.