All news from Laamu Atoll

އަމިގޯސް އާއި ލ.ގަމު ކައުންސިލް ގުޅިގެން ލ.ގަމުގައި ދީނީ ދަރުސްތަކެއް ބާއްވަނީ

ފޮޓޯ: ޖަމިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖް

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވުޑް ޖެނެރޭޝަން އޮފް ސްޕޯޓްސް (އަމިގޯސް) އާއި ލ.ގަމު ކައުންސިލާއި ގުޅިގެން ލ.ގަމުގައި ދީނީ ދަރުސްތަކެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ. އެގޮތުން މުޅި ލ.ގަމުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، ނަމާދުގެ މުހިއްމުކަމާއި ބެހޭ ގޮތުންދޭ ދަރުހެއް 10 ނޮވެމްބަރ 2018 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ލ.ގަމު އާބާދު ސަރަހައްދުގެ ކުޅިވަރު ކުޅޭ ބިމުގައި ދަރުހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ލ.ގަމުގައި ހުންނަ 5 މިސްކިތުގައި ވެސް ދަރުސް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިސްކިތްތަކުގައި ދަރުސް ދިނުމަށް ކަނޑައަޅާފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.

9 ނޮވެމްބަރ 2018 (ހުކުރު) ޢަޞްރު ނަމާދަށްފަހު މަސްޖިދުލްޛިކުރާގައި
9 ނޮވެމްބަރ 2018 (ހުކުރު) ޢަޞްރު ނަމާދަށްފަހު މަސްޖިދުލްފަލާޙުގައި
9 ނޮވެމްބަރ 2018 (ހުކުރު) ޢިޝާ ނަމާދަށްފަހު މަސްޖިދުއްތައުބާގައި
10 ނޮވެމްބަރ 2018 (ހޮނިހިރު) ޢަޞްރު ނަމާދަށްފަހު މަސްޖިދުއްނިޢުމާގައި
10 ނޮވެމްބަރ 2018 (ހޮނިހިރު) ޢަޞްރު ނަމާދަށްފަހު މަސްޖިދުލްއިޚްލާސްގައި

No More Plastic Bags
ADS BY NO MORE PLASTIC BAGS

މީގެ އިތުރުން ޒުވާނުންނާއިއެކު ޝައިޚުންގެ ނަމުގައި ފޯރަމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމް އޮންނާނީ 9 ނޮވެމްބަރ 2018ވާ ހުކުރު ދުވަހުގެ ރޭ 21:00ގައި މުކުރިމަގު އަވަށު ކުޅިވަރު އެކުވެނީގައެވެ. އަމިގޯސް އިން މަޢުލޫމާތު ދެއްވި ގޮތުގައި ދަރުސް ދޭނީ ރާއްޖޭގެ މަޝްހޫރު ސަލަފު ޖަމިއްޔާގެ ޝެއިޚުންނެވެ. އެގޮތުން އައްޝައިޚް ޢަބްދުއްސަލާމު ދާވޫދާއި، އައްޝައިޚް މުޙައްމަދު ސިނާނާއި އަލް އަޚް ޢަލީ ރަމީޒު ދަރުސް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއީ ލ.ގަމުގެ ރައްޔިތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޙަރަކާތެކެވެ. އަމިގޯސްއިން މި ފަދަ ދީނީ ޙަރަކާތެއް ކުރިއަށް ގެންދާ މިއީ ފުރަތަމަ ފަހަރެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ