All news from Laamu Atoll

ލ.ގަމު ތުނޑީ ޒުވާނުންގެ މަރުކަޒުގެ ޖިމް މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި.

ލ.ގަމު ތުނޑީ އަވަށުގައި ހުންނަ ޒުވާނުންގެ މަރުކަޒުގައި ޤާއިމްކޮށްފައިވާ ޖިމްގެ މެމްބަރަކަށް ވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. ޒުވާނުންގެ މަރުކަޒު ހިންގެވުމާއި ޙަވާލުވެ ހުންނެވި އާމިނަތު ނާޝިދާ ވިދާޅުވީ ޖިމް މެމްބަރޝިޕް ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއެއްގެ 21:00 އިން 22:00އަށެވެ. އެގޮތުން ފޯމު ހުށަހަޅާއިރު، އެޑްމިޝަން ފީއެއްގެ ގޮތުގައި -/50 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި ޖިމް މެމްބަރޝިޕް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު -/250، ރުފިޔާ ދައްކަން ޖެހޭ ކަމަށް އާމިނަތު ނާޝިދާ ވިދާޅުވިއެވެ.

ޒުވާނުންގެ މަރުކަޒުގެ ޖިމް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ޖިމް ހުޅުވުމާއެކު ކޮންމެ ދުވަހެއްގެ ހެނދުނު 6:00އިން 8:00އަށް، އަދި ހަވީރު 16:00 އިން 18:00އަށް އަދި ރޭގަނޑު 20:00އިން 23:00އަށް ޖިމްގެ ޚިދުމަތް ލިބިގެންދާނެއެވެ. ޖިމްގެ ޚިދުމަތް ފެށުމާއެކު މި ގަޑިތައް އަންހެނުން އަދި ފިރިހެނުންނަށް ވަކިން ބަހާލެވިގެންދާނެއެވެ. މި ވަގުތު ޖިމްގައި ހަރަކާތްތެރިވާނީ ވަގުތީ އިންސްޓްރަކްޓަރެއް ނަމަވެސް 2019 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ދާއިމީ އިންސްޓްރަކްޓަރުން ޙަރަކާތްތެރިވާނެއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ލ.ގަމު ތުނޑީ ޒުވާނުންގެ މަރުކަޒަކީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ. މި ތަނުގައި މިހާރުވެސް ކެރަމް، ގާލެންޑޯ، ބިލިއަރޑް އަދި ބެޑްމިންޓަން ފަދަ އިންޑޯ ކުޅިވަރުތައް ކުޅުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މި ކުޅިވަރުތަކަށް މިހާރު ވެސް ލ.ގަމުގެ ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބު ލިބެމުންދާ ކަމަށް އާމިނަތު ނާޝިދާ ވިދާޅުވިއެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ