All news from Laamu Atoll

ލ.ގަމުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ކުނިކޮށިތަކެއް ޤާއިމްކޮށްފި

ލ.ގަމު ތުނޑީ އަވަށު ކުނިކޮށި

ުލިވެލ.ގަމަކީ ބިން ބޮޑު ރަށަކަށް ވުމުގެ ސަބަބުން މީހުން ދިރި ނޫޅޭ ސަރަހައްދާއި، ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އޮންނަ ގުރީން އޭރިއާތައް ގިނައެވެ. އެހެންކަމުން ރަށުގައި ހުންނަ މި ފަދަ ތަންތަނަށް ކުނި އެޅުމުގެ މައްސަލަ މި ވަނީ ބޮޑުވެފައެވެ. މި ކަމަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ލ.ގަމު ކައުންސިލުން މިހާރު މި ވަނީ ލ.ގަމު މަތިމަރަދޫ އަވަށާއި ތުނޑީ އަވަށުގައި ވަގުތީ ކުނިކޮށިތަކެއް ޤާއިމްކޮށްފައެވެ. އަދި އެ ކުނިކޮށިތަކަށް ކުނި އަޅާނެ ވަކި ގަޑިތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ތުނޑީ އަވަށު ކުނިކޮށްޓައް ކުނި އުކޭނީ ހެނދުނު 6:00 އިން 10:00އަށް އަދި ހަވީރު 16:00 އިން 17:30އަށެވެ. މަތިމަރަދޫ އަވަށުގައި ހުންނަ ކުނިކޮށްޓައް ކުނި އުކޭނީ ހެނދުނު 5:30 އިން 11:00އަށް އަދި ހަވީރު 16:00 އިން 18:30އަށެވެ. މި ގަޑިތަކުގައި ކުނިކޮށި ބަލަހައްޓާ މުވައްޒަފުން ކުނިކޮށީގައި ޙަރަކާތްތެރިވާނެއެވެ. މި ގަޑިތައް ނޫން ގަޑިތަކުގައި ކުނިކޮށްޓައް ކުނި އެޅުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ގަޑިއެއްގައި ކުނި އަޅައިފިނަމަ، ކުނިއެޅި ފަރާތް ޖޫރިމަނާ ކުރާ ގޮތަށް ލ.ގަމު ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކަށް ކުނިއަޅާ މީހުން ވެސް މި އުޞޫލުގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.

No More Plastic Bags
ADS BY NO MORE PLASTIC BAGS

ލ.ގަމު ގައި މިހާރު ޤާއިމްކޮށްފައިވާ ވަގުތީ ކުނިކޮށިތަކަށް ކުނި އުކާއިރު ހުރިހާ ބާވަތެއްގެ ކުނި ވަކިކުރާކަށް ނުޖެހެއެވެ. ނަމަވެސް ބަދިގެއިން ނެރޭ ކުނިވާ ޒާތުގެ ކުންޏާއި އާންމު ކުނި އުކާލުމަށް ވަކި ޚާއްޞަ ސަރަހައްދުތަކެއް ކުނިކޮށި ތެރޭގައި ކަނޑައަޅާފައިވެއެވެ. ލ.ގަމުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ މިހާރު ލ.ގަމުގައި ޢިމާރާތްކުރަމުންދާ ލ.ގަމު ވޭސްޓު މެނޭޖްމަންޓު ސެންޓަރ ޢިމާރާތްކޮށް ނިމުމުންނެވެ.

Share this article
[sharethis-inline-buttons]

ޚިޔާލު ފާޅުކުރައްވާ